މޭލުގާއިން ހިފަހައްޓާ އަޚްލާޤީ މިންގަނޑުތައް
ހ. ސައްޚަކަމާއި ތެދުވެރިކަން
- ޝާއިޢުކުރެވޭ ހުރިހާ މައުލޫމާތަކީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ މަޢުލޫމާތުތަކެއްކަން ކަށަވަރުކުރުން.
- މައުލޫމާތު ނަގާ މަސްދަރުތަކަކީ އިތުބާރު ކުރެވޭ ދިރާސާތަކާއި، ކަމުގެ މާހިރުންނާއި އަދި މަޝްހޫރު ނުވަތަ ޤަބޫލުކުރެވޭ އިދާރާތައް ކަމުގައިވުން.
- އެއްވެސް ކުށެއް ފާހަގަކުރެވިއްޖެނަމަ، ވަގުތުން އެކަން އިސްލާޙުކުރުން.
ށ. ހާމަކަން
- އެޑިޓޯރިއަލް ކޮންޓެންޓާއި، ރައުޔު ބަޔާންކުރާ ލިޔުންތަކާއި، ސްޕޮންސަރޑް މެޓީރިއަލް ވަކިކޮށް ސާފުކޮށް ބަޔާންކުރުން.
- މަންފާގެ ފުށުއެރުންތައް (ކޮންފްލިކްޓްސް އޮފް އިންޓަރެސްޓް) ހުރިނަމަ، އެކަން ހާމަކުރުން.
- ހަގީގަތް އޮޅޭފަދަ ހެޑްލައިންތަކާއި، ކްލިކްބެއިޓް ތަކުން ދުރުހެލިވުން.
ނ. އިޙްތިރާމް ކުރުމާއި ނާޒުކުކަން
- ޢާއިލީ އޮނިގަނޑުތަކުގެ ތަފާތުތަކާއި، ދަރިން ބަލާ ބޮޑުކުރާ ގޮތްތަކާއި، ސަގާފީ އަގުތަކަށް އިޙްތިރާމް ކުރުން.
- ސްޓީރިއޯޓައިޕް ކުރުމާއި، އެއްފަރާތަށް ބުރަވުން އަދި ތަފާތުކުރުންތަކުން ދުރުހެލިވުން.
- ނާޒުކު މައުޟޫތައް (މިސާލަކަށް، ޞިއްޙަތު، ތަރުބިއްޔަތު، ނަފްސާނީ ދުޅަހެޔޮކަން) އެހެންފަރާތް ތަކުގެ އިހުސާސްތަކަށް އިހުތިރާމްކުރުމާއިއެކު ގެނެސްދިނުން.
ރ. މިނިވަންކަމާއި ރައްކާތެރިކަން
- އެޑިޓޯރިއަލް ނިންމުންތަކަކީ، އިޝްތިހާރުކުރާ ފަރާތްތަކާއި ސްޕޮންސަރުން ފަދަ ބޭރުގެ އެއްވެސް ނުފޫޒެއްނެތި މިނިވަންކޮށް ނިންމާ ނިންމުންތަކަކަށްވުން.
- ސްޕޮންސަރޑް ކޮންޓެންޓަކީ މޭލުގާގެ އަގުތަކާ އެއްގޮތް ކޮންޓެންޓްތަކަކަށް ވުން އަދި ސާފުކޮށް އެކަން ފާހަގަކުރެވިފައި އޮތުން.
ބ. ސިއްރުކަމާއި ރައްކާތެރިކަން
- މައުލޫމާތު ރިޕޯޓުކުރުމުގައި މީހުންގެ ޒާތީ މަޢުލޫމާތު ސިއްރުކަމާއި އިޙްތިރާމް ކުރުން.
- ކުޑަކުދިންގެ މައުލޫމާތު ނުވަތަ ފޮޓޯ، އެކުދިންގެ ބެލެނިވެރިންގެ ހުއްދަ ނެތި ޝާއިޢު ނުކުރުން.