ހުޅުމާލޭގައި އިތުރު ހަތަރު ފުޓްސަލް ދަނޑު ގާއިމްކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީގެ ނިއުސްލެޓާގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުނެފައިވާ ގޮތުގައި ޒުވާނުންގެ ބޮޑު އާބާދީއެއް ދިިރިއުޅެމުން އަންނަ ހުޅުމާލޭ ޔޫތު ސިޓީގައި ހަތަރު ފުޓްސަލް ދަނޑު ގާއިމްކުރެއްވުމަށް ރައީސް ނިންމެވުމާ ގުޅިގެން އެ މަސައްކަތް އަވަސް ކުރެއްވުމަށް ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް އަންނަނީ މަސައްކަތްކުރައްވަމުންނެވެ.

މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވުމަށްޓަކައި ވަޒީރު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަންއާ ވެސް މަޝްވަރާކުރައްވާފައިފަ އެވެ. އެގޮތުން މި ހަފުތާތެރޭގައި އިއުލާންކޮށް ދަނޑުތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.