އާފަލަކީ މީރު އަދި ހަށިގަނޑަށް ފައިދާ ހުރި މޭވާއެކެވެ. ދަރިފުޅަށް ކާންދޭން ފަށާ ހިސާބުން ފެށިގެން އުމުރުގެ ކޮންމެ ހިސާބަކުން ވެސް ދޭން ރަނގަޅު ކާނާއެކެވެ. އާފަލުގާ ޑައިޓްރީ ފައިބަރ، ޕޮޓޭޒިއަމް އަދި ވިޓަމިން ސީ އެކުލެވިގެން ވެއެވެ. ވީމާ މިއީ ހަޖަމު ކުރަން ފަސޭހަ، ލޭގެ ޕްރެޝަރު ރަނގަޅަށް ހިފަހައްޓާދޭ އަދި ދަރިފުޅުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮއްދޭ އެއްޗެކެވެ. އަދި މީގެ އިތުރުން މިއީ އެލާރޖިކް ވުން ކުޑަ ކާނާ އެއް ކަމުން ތުއްތު ދަރިފުޅަށް އެންމެ ފުރަތަމަ ކާނާއެއްގެ ގޮތުން ދޭން ރަނގަޅު އެއްޗެކެވެ.
އާފަލު ޕިޔުރީ

6 މަހުން މަތި
ބޭނުންވާ ތަކެތި:
1 އާފަލު ( ތޮށި މަށާ ކިޔުބްކޮށް ކޮށާފަ)
ތައްޔާރު ކުރާނެ ގޮތް:
ތޮށި މަށާ ކިޔުބްކޮށް ކޮށާފަ ހުރި އާފަލު ސްޓީމް ކޮށްލާށެވެ. ސްޓީމްކުރުމުން، ކެއްކުމާ ހިލާފަށް މޭވާ އަދި ތަރުކާރީގާ ހުންނަ ފައިދާ ހުރި މާއްދާތައް ނުގެއްލި ހިފެހެއްޓިފާ ހުރެއެވެ. އާފަލު ސްޓީމް ކޮށްލުމަށްފަހު މިކްސަރަކުން ހިމުންކޮށް ޕިޔުރީ ކޮށްލާށެވެ. ސްޓީމް ކުރި އިރު ހުރި ފެން ކޮޅެއް އެއްކޮށްލައިގެން ނުވަތަ ފޯރމިޔުލާ ކިރު ނުވަތަ މަންމަ ގެ ކިރުކޮޅެއް އެއްކޮށްލައިގެން ރަނގަޅު އޮލަމިނަކަށް މިކްސް ކޮށްލާށެވެ.
އާފަލު އޯޓްމީލް
6 މަހުން މަތީގެ ކުދިންނަށް
( 3 އިރު ކާންދޭ ވަރަށް)
ބޭނުންވާ ތަކެތި:
4/1 ޖޯޑު އޯޓްސް
1 ޖޯޑު ފެން
1 އާފަލު
4/1 ސައި ސަމުސާ މުގުރި ފޮނިތޮށި ނުވަތަ ނުމުގުރާ ފޮނިތޮށި ކޮޅެއް ( ބޭނުން ނަމަ ފޮނިތޮށި އުނިކުރެވިދާނެ)
ތައްޔާރު ކުރާނެ ގޮތް:
ތެއްޔަކަށް ފެންކޮޅު އެޅުމަށްފަހު ފެންކޮޅު ކެކެން ފެށުމުން މަޑުމަޑުން އެއްކުރަމުން އޯޓްސްކޮޅު އަޅާށެވެ. އޯޓްސް ކޮޅު ރަނގަޅަށް ކްރީމްވެ ކެކެންދެން ހަލުވާށެވެ. ނުމުގުރާ ފޮނިތޮށިލާނަމަ ފެންގަނޑު ތެރެއަށް ލައިގެން ކެއްކުމަށްފަހު އޯޓްސް ކޮޅު އެއްކުރުމުގެ ކުރިން ފޮނިތޮށި ކޮޅު ނަގާށެވެ. އޯޓްމީލް ކައްކަމުންދާއިރު އާފަލުކޮޅު ސްޓީމް ކުރުމަށް ފަހު ޕިޔުރީ ކޮއްލާށެވެ. އަދި ކެއްކި އޯޓްމީލް ކޮޅާ އާފަލު ޕިޔުރީ އާއި މުގުރި ފޮނިތޮށި ކޮޅު އެއްކޮއްލާށެވެ.
އާފަލު ޕީޗް ބްރައުން ރައިސް
6 މަހުން މަތި
( 3 އިރު ކާންދެވޭ ވަރަށް)
ބޭނުންވާ ތަކެތި:
4/1 ޖޯޑު ބްރައުން ރައިސް
1 ޖޯޑު ފެން
1 ޕީޗް ( ތޮށި މަށާ ކިޔުބް ކޮށް ކޮށާފަ)
1 އާފަލު ( ތޮށި މަށާ ކިޔުބްކޮށް ކޮށާފަ)
ތައްޔާރު ކުރާނެ ގޮތް:
ފެނުގެ ތެރެއަށް ބްރައުން ރައިސް ކޮޅު އަޅައިގެން ރަނގަޅަށް މަޑުވަންދެން ކައްކާލާށެވެ. އާފަލު ކޮޅާއި ޕީޗް ކޮޅު ސްޓީމް ކޮއްލުމަށް ފަހު ކެއްކި ބްރައުން ރައިސްކޮޅާއެކު މިކްސަރަކުން މުގުރާލާށެވެ. އަދި ފެން ނުވަތަ ފޯރމިއުލަރ ކިރު ކޮޅެއް އެއްކޮއްގެން ކުޑަކޮށް ދިޔާކޮއްލާށެވެ.