ބެލީ ބިއުޓިފުލް ޕޯޓްރެއިޓްސްގެ ޕްރިންސަސް ތީމް އަށް ނަގާފައިވާ ފޮޓޯތަކަކީ އިންޓަނެޓް ތެރޭ މި ފަހަކަށް އައިސް ވަރަށް މަޝްހޫރުވެގެންދިޔަ ފޮޓޯ ތަކެކެވެ. މި ފޮޓޯޝޫޓްތަކުގައި ޑިސްނީގެ އެކި ކާޓޫނުތަކާ ގުޅުވާލައިގެންވަނީ ވަރަށް ތަފާތު އަދި ރީތި ފޮޓޯތަކެއް ދައްކުވާލާފައެވެ. ލިޓްލް މާރމެއިޑާއި، ސްލީޕިން ބިޔުޓީއާއި، ސްނޯވައިޓްގެ އިތުރުން ބިޔުޓީ އެންޑް ބީސްޓްފަދަ ކާރޓޫން ތަކުގެ ކެރެކްޓާއިން ދައްކުވައިދޭ މި ފޮޓޯތަކުގައި ބޭނުންކޮށްފައިހުރި ކޮސްޓިޔުމްތަކާއި ޕްރޮޕްތަކުގެ ޑިޒައިންތަކުގެ ފުރިހަމަ ކަމުން މި ފޮޓޯތަކަށް އިތުރު ރީތި ކަމެއް ގެނެސްދެއެވެ.

ހުރިހާ ފޮޓޯތަކެއްގެ ސެޓިންގް ތައްޔާރުކޮއްފައިހުރީ އެ ކާޓޫނަކާ ގުޅޭގޮތައް ޕްރޮޕް ތަކާއި ކުލަތައް ބޭނުންކޮށްގެނެވެ. ކޮންމެ ކުއްޖެއްގެ ކޮސްޓިޔުމް ފަރުމާކޮށްފައިހުރީ ކޮންމެ ތީމްއެއްގެ ސެޓިންގްއާ ގުޅޭ ގޮތައް އެ ކުލަތައް ބޭނުންކޮށްގެނެވެ.